އަލިފުށީގައި މިއަދު މަސް ހިފަން ފޭބި ޒުވާނަކު ނިޔާވެއްޖެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ރަށު ކައުންސިލް ރައީސް އާދަމް އިމްރާން ވިދާޅުވީ މަސް ހިފަން ފީނަން ފޭބި ޒުވާނުންތަކެއްގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުންދަނިކޮށް ފެނިގެން ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށެވެ.
ނިޔާވެފައިވަނީ އެ ރަށު ކަޝްމީރު ގޭ، އުމުރުން 24 އަހަރުގެ ނަބީހު ހަސަން އެވެ.
10:00 ހާއިރު ފީނަން ފޭބި ނަބީހް ގެއްލިގެން ހޯދަމުންދަނިކޮށް، އެރަށު ދެކުނު ފަރާތު ކަނޑު އަޑިން ހަށިގަނޑު 12:00 ހާއިރު ފެނިގެން ހަށިގަނޑު މިހާރު ވަނީ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.
އެ ރަށު ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ނަބީހް ނިޔާވެފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް