ސިނގިރޭޓު ބުއިން ހުއްޓައިލަން، އަމިއްލަ ބޯ، ކޮށްޓަކަށްލި އިބްރާހިމްގެ ވާހަކަ !

ދޭތެރެ ދޭތެރެއިން މި އިބްރާހިމެއްގެ ވާހަކަ ސޯޝަލް މީޑިއާއަށް ތިލަވެއެވެ. ރާއްޖޭގައި ވޭޕް މަނާކޮށް ސިނގިރޭޓުގެ އަގު ބޮޑުކުރަން ނިންމާފައިމިވާ ދަނޑިވަޅުގައި އަނެއްކާވެސް މިވަނީ އިބްރާހިމްގެ ވާހަކަ ސޯޝަލ...

18 Oct 2024 | 06:03

ދޭތެރެ ދޭތެރެއިން މި އިބްރާހިމެއްގެ ވާހަކަ ސޯޝަލް މީޑިއާއަށް ތިލަވެއެވެ. ރާއްޖޭގައި ވޭޕް މަނާކޮށް ސިނގިރޭޓުގެ އަގު ބޮޑުކުރަން ނިންމާފައިމިވާ ދަނޑިވަޅުގައި އަނެއްކާވެސް މިވަނީ އިބްރާހިމްގެ ވާހަކަ ސޯޝަލް މީޑީއާއަށް ތިލަވެފައެވެ.

މިއީ 2013 ގެ ވާހަކައެކެވެ. ފޮޓޯއިން އެ ފެންނަނީ ތުރުކީގެ ރައްޔިތެއްކަމުގައިވާ އިބްރާހިމް ޔުޖޭލް އެވެ. މިކަމެއް ކުރިއިރު އޭނާގެ އުމުރަކީ ކޮބައިކަން އެނގެން ނެންނަމަވެސް އިންޓަނެޓް އާކައިވްތަކުން ހާމަވާގޮތުގައި އިބްރާހިމް ސިނގިރޭޓު ބުއިން ހުއްޓައިލަން އޭނާގެ އަމިއްލަ ބޯ، ކޮށްޓަކަށް ލާން ނިންމިއިރު އޭނާ ސިނގިރޭޓު ބޯން ފެށިތާ 26 އަހަރު ވަނީ ވެފައެވެ. އަދި އެ ނިންމުމެއް ނިންމީ ފުއްޕާމޭގެ ކެންސަރުގައި އޭނާގެ ބައްޕަ ނިޔާވުމުން އެކަމުގެ ހިތާމައިގައެވެ.

އިންޑިއާ ޓައިމްސް އާއި އޭއެފްޕީގައިވެސް ކުރީގެ ތާރީހުތަކުގައި އިބްރާހިމްގެ ވާހަކަ ގެނެސްދީފައިވާއިރު ހެލްމެޓު އަސްލަކަށް ބަލައިގެން އިބްރާހިމް އެ ކޮށި ތައްޔާރުކުރީ އޭނާ އަމިއްލައަށެވެ. އެ ކޮށި ތައްޔާރުކޮށް ބޮލުގައި ކޮށި އަޅުވައި ތަޅުލުމަށްފަހު ތަޅުދަނޑި ދެނީ އޭނާގެ އަންހެނުންގެ އަތަށެވެ. އާއިލާގެ ހާޒިރުގައި ކާންށާއި ނިދަން ނޫންގޮތަކަށް އެ ކޮށި ނުނަގާ އުޅުނުކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

https://www.youtube.com/watch?v=sHztCD0vLqQ

އެހެންނަމަވެސް އިބްރާހިމްގެ މި ތަފާތު އަމަލުންވެސް އޭނާއަށް ސިނގިރޭޓު ބުއިން ހުއްޓާލެވުނުކަން ނުވަތަ ނޫންކަން އިންޓަނެޓް އާކައިވުންވެސް އެނގޭކަށެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް