ދައުރުކުރަމުންދަނީ ވިފާޤް ނިޔާވި މައްސަލައިގެ ހާދިސާގެ ރިޕޯޓެއް ނޫން: ފުލުހުން

ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ ވިފާޤް ނިޔާވި މައްސަލައާއި ގުޅޭ ހާދިސާގެ ރިޕޯޓު ނޫންކަމުގައި ދިވެހި ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިވަނީ ވިފާޤަށް ޖިންސީގޯނާކޮށްފައިވާކަން ދޭހަވާފަދަ ...

18 Oct 2024 | 05:32

ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ ވިފާޤް ނިޔާވި މައްސަލައާއި ގުޅޭ ހާދިސާގެ ރިޕޯޓު ނޫންކަމުގައި ދިވެހި ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ވިފާޤަށް ޖިންސީގޯނާކޮށްފައިވާކަން ދޭހަވާފަދަ ގޮތަކަށް ބައެއް ހިމެނޭ ބަޔާނެއް ދައުރުކުރަމުން އަންނާތީ އެކަން ދޮގުކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.

ފުލުހުންގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ގއ. މާމެންދޫ، ބީޗްވިލާ، ވިފާޤް އިބްރާހީމް އަދުނާން އިމާރާތެއްގެ މަތިން ވެއްޓި ނިޔާވި މައްސަލައިގެ ހާދިސާގެ ރިޕޯޓުކަމަށްބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުކުރަމުންދަނީ ސައްހަ ލިޔުމެއް ނޫންކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.

ވިފާޤް ދިރިއުޅެމުންދިޔަ މ. ހަސޯވާ ގޭގެ 10 ވަނަ ފަންގިފިލާގެ ބެލްކަނިން ވެއްޓި ނިޔާވެފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 14 ވަނަ ދުވަހުގެ އިރު އޮއްސުނު ހާއިރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް