ޕާކިސްތާނަކީ ޑިޖިޓަލް ތައުލީމު ފޯރުކޮށްދިނުމުގައި އެންމެ މަދުން ތައްޔާރުވެފައިވާ ގައުމު ކަމަށް އޭޑީބީ ޑިޖިޓަލް އެޑިއުކޭޝަން ރެޑިނެސް ފްރޭމްވޯކްގެ ދަށުން ހެދި އެސެސްމަންޓުން ދައްކައިފި އެވެ.
މި ސަރަހައްދުގެ 10 ގައުމެއްގެ ޑިޖިޓަލް އެޑިއުކޭޝަން ތައްޔާރީތަކާ އަޅާކިޔާފައިވާ މި އިވެލުއޭޝަނުން ވަނީ އޮންލައިންކޮށް ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ސްކިލްސްގެ ޓީޗަރުން ތަމްރީނު ނުކުރާކަން ފާހަގަކޮށްފަ އެވެ.
މި ސާވޭގެ ނަތީޖާދައްކާގޮތުން އޮންލައިންކޮށް ތައުލީމު ފޯރުކޮށްދިނުމަށް އިސްކަންދީގެން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ގެ ހުނަރުތަކަށް މުދައްރިސުން ތަމްރީނު ނުކުރެވުނެވެ.
ގިނަ ޓީޗަރުން އަމިއްލައަށް ވެސް ތައުލީމީ ކޮންޓެންޓް އުފައްދާކަން ކަށަވަރުކޮށްދިން ނަމަވެސް، ކޮންޓެންޓްގެ ފޯމެޓަކީ ވަރަށް އަސާސީ، ލިޔެކިޔުންތަކާއި ޕްރެޒެންޓޭޝަންތައް ހިމެނޭ ގޮތަށް ހަދާފައިވާ ކޮންޓެންޓެއް ކަމަށް މި ސާވޭ ރިޕޯޓުގައި ބުނެފައިވެ އެވެ.
ޕާކިސްތާނުގެ ޕްރައިމަރީ، ސެކަންޑަރީ ސްކޫލް އަދި މަތީ ތައުލީމުގެ ފެންވަރުގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން ޕްރައިވެޓް އެޑްޓެކް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކިޔަވައިދެނީ 30 ޕަސެންޓަށް ވުރެ މަދު ޓީޗަރުންނެވެ. ހަމައެފަދައިން މި ޕްލެޓްފޯމްތައް ދަރިވަރުންނާ މުޢާމަލާތުކުރުމާއި ނުވަތަ ޙިއްޞާކުރުމަށް ބޭނުންކުރާ މިންވަރު ވަރަށް މަދުކަމަށާއި، ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުގެ އެއްވެސް ޓީޗަރަކު އެ ޕްލެޓްފޯމްތައް ބޭނުންނުކުރާކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން ޓާޝަރީ އެޑިއުކޭޝަން ގްރެޖުއޭޓުންގެ ތެރެއިން އައިސީޓީ ގްރެޖުއޭޓުންގެ ހިއްސާ އެންމެ ދަށް އެއް ގައުމަކީވެސް ޕާކިސްތާނެވެ.
ޑިޖިޓަލް ތައުލީމުގެ ތައްޔާރީތައް އިތުރުކުރުމަށްޓަކައި އިންޓަނެޓް ކަނެކްޓިވިޓީ އާއި، ބްރޯޑްބޭންޑް ސްޕީޑާއި، ރަށްފުށުގެ ސަރަހައްދުތަކުގައި ކަރަންޓުގެ ހިދުމަތް ދިނުން ރަނގަޅު ކުރަން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް