"އޮޕަރޭޝަން އަޖޭގެ" ދަށުން ނޭޕާލް ރައްޔިތުން އިސްރާއީލުން ނެރެފި

އިސްރާއިލްގައި މިވަތު ތާށިވެފައިތިބި ނޭޕާލްގެ  ރައްޔިތުން "އޮޕަރޭޝަން އަޖޭ"ގެ ދަށުން އިސްރާއީލުން ކާމިޔާބުކަމާއެކު ބޭލުމުން ނޭޕާލްގެ ޚާރިޖީ ވަޒީރު އެންޕީ ސައުދު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސ...

18 Oct 2023 | 16:52

އިސްރާއިލްގައި މިވަތު ތާށިވެފައިތިބި ނޭޕާލްގެ  ރައްޔިތުން "އޮޕަރޭޝަން އަޖޭ"ގެ ދަށުން އިސްރާއީލުން ކާމިޔާބުކަމާއެކު ބޭލުމުން ނޭޕާލްގެ ޚާރިޖީ ވަޒީރު އެންޕީ ސައުދު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރަށް ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާ ސިފައިންގެ މި އޮޕަރޭޝަނަކީ އިސްރާއީލާއި ހަމާސް އާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިސްރާއިލުން އިންޑިއާ އާއި ނޭޕާލްގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމުގެ ގޮތުން ފެށި އޮޕަރޭޝަނެކެވެ.

އެގޮތުން މި އޮޕަރޭޝަންގެ ދަށުން ނޭޕާލްގެ 18 މީހުންނާއި، އިންޑިއާގެ 286 މީހުންނާއެކު ފަސްވަނަ ފްލައިޓް އަންގާރަ ދުވަހު ވަނީ ނިއުދިއްލީއަށް ގޮސްފައެވެ. އެމީހުން ގައުމަށް އައުމުން އެމީހުންނަށް ހޫނު މަރުހަބާއެއް ދެންނެވީ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އެންޑް ފިޝަރީޒް، އެނިމަލް ހަސްބެންޑްރީ އެންޑް ޑެއިރީންގ، އެލް މުރުގަންއެވެ.

ސައުދު ސޯޝަލް މީޑިއާގައި ތައުރީފު ކުރައްވައި ވިދާޅުވީ @DrSJaishankar "ދަތި ދަނޑިވަޅުގައި ވެދެއްވި މި އެހީތެރިކަމަށް ތައުރީފު ކުރަން. ނޭޕާލާއި ނޭޕާލް ރައްޔިތުން ޝުކުރުވެރިވޭ."

އިޒްރޭލުން އެނބުރި އައި ނޭޕާލްގެ ރައްޔިތެއް ކަމަށްވާ އަމްބިކާ އޭއެންއައި އަށް ބުނީ އިޒްރޭލުގެ ހާލަތު ވަރަށް ނުރައްކާތެރި ކަމަށެވެ. "އަޅުގަނޑުމެން އަނބުރާ ގެނައީތީ އިންޑިޔާ ސަރުކާރަށް އަޅުގަނޑު ޝުކުރު ދަންނަވަން." އޭނާ ހާމަކުރިއެވެ.

ނޭޕާލުން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ވަނީ ތެލްއަވީވްއިން ނޭޕާލްގެ ރައްޔިތުން އަނބުރާ ދިއްލީއަށް ގެނައުމުން އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

"އޮޕަރޭޝަން އަޖޭ" އަކީ އިޒްރޭލުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އިންޑިއާ އާއި ނޭޕާލްގެ ރައްޔިތުން އިޒްރޭލުން ބޭލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްވެ ހުންނަވައިގެން އިންޑިއާ ސަރުކާރުން ފަށާފައިވާ އޮޕަރޭޝަނެކެވެ.

މިމިޝަނުން ވަނީ ތާށިވެފައި ތިބި މީހުން ރައްކާތެރިކަމާއެކު އެނބުރި ގައުމަށް ގެނައުމުގައި އެ މިޝަންގެ އަމަލީ އަދި އަވަސް އިޖާބައަށް ތައުރީފް ލިބިފަ އެވެ.

މި އޮޕަރޭޝަނުން އިންޑިއާ އާއި ނޭޕާލާ ދެމެދު އޮތް ހަރުދަނާ އަދި އެއްބާރުލުން ދޭ ގުޅުން ދައްކުވައިދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް