އަލް އަހްލީ ހޮސްޕިޓަލަށް ހަމަލާ ދިނީ އިޒްރޭލުން ނޫން ކަމަށް ބައިޑަން ތުހުމަތު ކޮށްފި

ޣައްޒާގައި ހުންނަ އަލް އަހްލީ ހޮސްޕިޓަލަށް ހަމަލާދިނީ އިސްރާއީލުން ނޫންކަމަށާއި، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ކަމަށް އެމެރިކާގެ ރައީސް ޖޯއި ބައިޑަން ތުހުމަތުކޮށްފިއެވެ...

18 Oct 2023 | 16:33

ޣައްޒާގައި ހުންނަ އަލް އަހްލީ ހޮސްޕިޓަލަށް ހަމަލާދިނީ އިސްރާއީލުން ނޫންކަމަށާއި، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ކަމަށް އެމެރިކާގެ ރައީސް ޖޯއި ބައިޑަން ތުހުމަތުކޮށްފިއެވެ.

އެމެރިކާގެ ރައީސް ބައިޑަން މިގޮތަށް ތުހުމަތުކޮށްފައި މިވަނީ، އިސްރާއީލަށް ވަޑައިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ އިއްޔެ ޣައްޒާގެ ހޮސްޕިޓަލަށް ހަމަލާދިނީ "އަނެއް ޓީމުން. އިސްރާއީލުން ނޫން" ކަމަށެވެ. އަނެއް ޓީމު ކަމަށް ބައިޑަން ސިފަކޮށްފައިވަނީ ހަމާސް ޖަމާއަތަށެވެ.

ނަމަވެސް ބައިޑަން އޭނާގެ މި ތުހުމަތާ ގުޅޭ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވެއެވެ. ބައިޑަން ފަހުން ވިދާޅުވީ އޭނާ މިހެން ވިދާޅުވީ އިތުރު ތަފްސީލެއް ނުދެއްވައި އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ދެއްކެވި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އިސްރާއީލުން އަލް އަހްލީ ހޮސްޕިޓަލަށް ދިން މިހަމަލާގައި 500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވެއެވެ.

އިޒްރޭލުން ބުނީ ބޮން ހަމަލާދިނީ ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރި ޖަމާއަތަކުން ކަމަށެވެ. އެކަމަކު އެ ޖަމާއަތުން އެކަން ދޮގު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް