ގައުމު ދިފާއު ކުރުމުގެ ނަމުގައްޔާއި އަދި ހަމާސް ނައްތާލުމުގައި އިޒްރޭލުން ބޭނުން ކަމެއް ކުރުމުގެ ފެހި ސިގްނަލް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދީފިއެވެ.
ބައިޑަން އިޒްރޭލަށް މި ފެހި ސިގްނަލް ދީފައިމިވަނީ މިހާރު ބައިޑަން އިޒްރޭލަށް ކުރަމުންދާ ދަތުރުގެ ތެރެއިންނެވެ.
ބައިޑަން ބުނެފައިވަނީ ހޮސްޕިޓަލަށް ހަމަލާދިނީ އިޒްރޭލާއި ދެކޮޅު ފަރާތްތަކުންކަން އޭނާ ގަބޫލުކުރާކަމަށެވެ. އެއީ ކޮން ބައެއްކަން ސީދާ ނުއެއް ބުނެއެވެ. އެހެން ނަމަވެސް އެ ބުނި ބުނުން ނިސްބަތްވަނީ ހަމާސް އާއި ހަމާއަށް އެހީތެރިކަން ފޯރުކޮށްދޭ ހަނގުރާމަވެރިންނަށާއި ގާޒާއަށެވެ.
ކުރާނެ ކޮންމެ ކަމެއް ކުރަން އިޒްރޭލަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީން ކަށަވަރުކަން ބައިޑަން މިއަދު އިޒްރޭލަށް ތަކުރާރުކޮށްފައިވާއިރު އިޒްރޭލުން ގާޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ހަމަލާ ދިނީވެސް އެމެރިކާގެ ވާގިވެރިކަމާ ސަޕޯޓް އޮންނާނެކަން ދެނެތިބެ ކަމާއި އިޒްރޭލެކޭ އެއްވަރަށް އެ ހަމަލާގެ ޒިންމާ އެމެރިކާއިންވެސް އުފުލަން ޖެހޭނެ ކަމަށް މުރާސިލުން ބުނެއެވެ.
އިޒްރޭލަށް އެމެރިކާއިން ހިތްވަރު އާކޮށްދީފައިވާއިރު އިޒްރޭލުގެ ވަށައިގެންވާ އަރަބި ގައުމުތައް ފެންނަނީ އިޒްރޭލު ކުރާނެ ކަމެއް ކުރަން ދޫކޮށްލައިގެން ތިބެ ކުށްވެރި ކޮށްލަކޮށްލާ ތިބޭ މަންޒަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް