ފަރަށް އެރި ދޯންޏަކަށް އެހީ ފޯރުކޮށްދޭން ފަށައިފި

ތިން ދިވެހީންނާއެކު ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި "އާމިރާ" ނަމަކަށް ކިޔާ ދޯންޏަކަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއ...

18 Oct 2023 | 10:32

ތިން ދިވެހީންނާއެކު ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި "އާމިރާ" ނަމަކަށް ކިޔާ ދޯންޏަކަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި މ.މުލީގެ 7.2 ނޯޓިކަލް މޭލު ހުޅަނގުން އޮންނަ ފަރަކަށް މި ދޯނި އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 23:11 ހާއިރެވެ.

ގަލެއްގެ މައްޗަށް ބީހިފައިވާ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

https://twitter.com/MNDF_Official/status/1714582691017097718

މީގެ އިތުރަށް، ދޯނީގެ އަޑިން ފަޅައިގެން ގޮސްފައިވާ ތަންތަން ކޯސްޓްގާޑް ތާޑު ސްކޮޑްރަންގެ ޑައިވަރުންގެ އެހީތެރިކަމާއެކު ބެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް