ޖަވާބު ދާރީވާން ނަޝީދަށް ލިބޭނީ 30 މިނިޓް

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަވާބުދާރީވާން ދޭނީ 30 މިނިޓް ކަމަށް އާއްމު ކޮމިޓީން ނިންމައިފިއެވ. ޖަވާބުދާރީވާން ނަޝީދަށް ވަގުތު ދިނުމާ ގުޅޭގޮތުނ...

18 Oct 2023 | 09:48

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަވާބުދާރީވާން ދޭނީ 30 މިނިޓް ކަމަށް އާއްމު ކޮމިޓީން ނިންމައިފިއެވ.

ޖަވާބުދާރީވާން ނަޝީދަށް ވަގުތު ދިނުމާ ގުޅޭގޮތުން އާއްމު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ނަޝީދަށް 30 މިނެޓް ދޭން ފެންނަ ކަމަށް ހުށަހެޅީ ފުނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝާހިދެވެ.

ޝާހިދުގެ އެ ހުށަހެޅުމަށް ކޮމިޓީގެ ހަ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުން ތާއީދު ކުރެއްވިއެވެ.

ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވީ ނަޝީދު ޖަވާބުދާރީވާން ދެ ގަޑިއިރު ދިނުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހަށް ހުށަހަޅާފައި ވަނީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ. މި މަހުގެ ފަހުކޮޅު މަޖިލިސް ޖަލްސާއަކަށް އެ ގަރާރު އެޖެންޑާ ކުރަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް