ދަރަނި އަދާކުރަން ޖާބިރުގެ ލަފަޔަކީ މަޖިލިސް ބިން ވިއްކާލައި ކާށިދޫއަށް މަޖިލިސް ބަދަލުކުރުން

ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލިސް މިހާރު ހުރ ބިން ވިއްކާލުމަށްފަހު، ކ. ކާށިދޫއަށް މަޖިލިސް ބަދަލު ކުރަން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލަފާދެއްވައިފިއެވެ. މިއަދުގެ...

18 Oct 2023 | 08:29

ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލިސް މިހާރު ހުރ ބިން ވިއްކާލުމަށްފަހު، ކ. ކާށިދޫއަށް މަޖިލިސް ބަދަލު ކުރަން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލަފާދެއްވައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ކަންމަތީ ފިހާރައަށް އާއްމުކޮށް ދަރަނީ ރައްޔިތު މީހާ ކަމަށެވެ. އަދި ކަންމަތީ ފިހާރައަށް ދަރައިގެން ސަރުކާރު ހިންގުމުގެ އުސޫލަކީ އޮންނަން ޖެހޭ ގޮތެއް ނޫން ކަމަށެވެ.

"ފުރަތަމަ ކަމަކީ، މިވަގުތު ދައުލަތަށް އެބަ ބޭނުންވޭ އިމީޑިއެޓްލީ 100 މިލިއަން ޑޮލަރު ކޮންމެ މަހަކު. މިހާރު ހުރި ދަރަނިތައް އަދާކުރަން" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ މައުސޫމް ބެފުޅެއް ކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވާއިރު ދައުލަތުގައި ފައިސާއެއް ނެތް ކަމަށެވެ. އަދި އަންނަ އަހަރަށް އެއް ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގައި އެއާޕޯޓްތައް އަޅައި، އިންފްރާންސްޓްރަކްޗަރ އެހާ ބޮޑު ކުރެވުނުއިރުގައި އެޔާއެކުއެކީ ފައިނޭންސް އަންނާނެ ގޮތެއް ނެތް ކަމަށް ޖާބިރު ވިދާޅުވިއެވެ. އެކަމުގެ އެއް ސަބަބަކީ ކޮރޯނާ ވައިރަސްއަށް ވުން އެކަށީގެންވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަފާ އަންނަން ޖެހޭނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވީ، ސަރުކާރުގެ ދަރަނިތައް ދައްކަން ގޮތެއް ހޯދައިދިނުމަށް އެމްޑީޕީއިންވެސް ބޭނުންވާ ކަމަށެވެ.

އެ މައުލޫއަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، މަޖިލީހުގެ ބިމުގެ އަކަފޫޓެއް 10 ހާސް ރުފިޔާއަށް ވިއްކިދާނެ ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް 2 ލައްކަ އަކަފޫޓު ކަމަށެވެ. އެހެންކަމުން މަޖިލިސް ބިން ވިއްކާލުމަށްފަހު ކާށިދޫއަށް މަޖިލިސް ބަދަލުކުރަން ފެންނަ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކާށިދޫއިން އަކަފޫޓެއް ލިބެނީ 200 ރުފިޔާއަށް ކަމަށް ޖާބިރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން މާލޭގައި މަޖިލިސް އިދާރާ ބަހައްޓަނީ ކީއްކުރަންތޯ ޖާބިރު ސުވާލު އުފެއްދެވިއެވެ. އަދި ގައުމު ގަނގުރޫޓުވެފައި ކަން އެއްމެންނަށްވެސް އެނގޭ ކަމަށާއި، މިފަދަ ބައެއް ކަންތައްތަކުން ފައިސާ ހޯދިދާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް