އަލް އަހްލީ އަރަބް ހޮސްޕިޓަލް: ގާޒާގެ އެންމެ ދުވަސްވީ ހޮސްޕިޓަލް !

ރޭގައި އިޒްރޭލުން ރޮކެޓް ހަމަލާތަކެއް އަމާޒުކުރި އަލް އަހްލީ އަރަބް ހޮސްޕިޓަލަކީ ގާޒާގެ އެންމެ ދުވަސްވީ އެއް ހޮސްޕިޓަލެވެ. އަލް އަހްލީ އަރަބް (މާނައަކީ: އަރަބީންގެ ހޮސްޕިޓަލް) އެވެ. އެ ހޮސްޕިޓަލް ހުޅު...

18 Oct 2023 | 07:25

ރޭގައި އިޒްރޭލުން ރޮކެޓް ހަމަލާތަކެއް އަމާޒުކުރި އަލް އަހްލީ އަރަބް ހޮސްޕިޓަލަކީ ގާޒާގެ އެންމެ ދުވަސްވީ އެއް ހޮސްޕިޓަލެވެ. އަލް އަހްލީ އަރަބް (މާނައަކީ: އަރަބީންގެ ހޮސްޕިޓަލް) އެވެ.

އެ ހޮސްޕިޓަލް ހުޅުވާފައިވަނީ މީގެ 141 އަހަރު ކުރިން 1882 ވަނަ އަހަރުގައެވެ. މި ހޮސްޕިޓަލް އޮޕަރޭޓް ކުރަމުން އަންނަނީ "ދަ އެޕިސްކޯޕަލް ޑަޔޮސީސް އޮފް ޖެރުސަލަމް" ގްރޫޕުންނެވެ.

މި ހޮސްޕިޓަލަކީ އަހަރަކު 45 ހާސް ބަލި މީހުންނަށް ހިދުމަތް ދެމުންދިޔަ ހޮސްޕިޓަލެކެވެ.

ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމާއި، ނިކަމެތި ކުދިންނާއި ބަރުދަން މިނަށްވުރެ ކުޑަ ކުދިންނަށް ހިލޭ ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ގާޒާގެ އަވަށްތަކުގައި ހިލޭ މޯބައިލް ކްލިނިކަލް ސާވިސް ފޯރުކޮށްދިނުން ހިމެނެއެވެ.

2014 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި މުސްލިމުންނަށް ފަރުވާ ދިނުމުގައިވެސް އަލް އަހްލީ އަރަބް ހޮސްޕިޓަލުން އިސް ރޯލެއް އަދާކުރިއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އޭރު 45 ބަލި މީހަކަށް އެ ހޮސްޕިޓަލުން ފަރުވާދެމުން ގެންގޮސްފައިވެއެވެ.

ރޭގެ އެ ހަމަލާގައި ހޮސްޕިޓަލުން މަރުވި މީހުންގެ އަދަދު 500 އިން މައްޗަށް ގޮސްފައިވާއިރު މި އަދަދު އިތުރަށް ގުނަވާނެކަމަށް ބެލެވޭކަމުގައި ގާޒާ ހެލްތުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް