ރޭގައި އިޒްރޭލުން ގާޒާގެ އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުން މި ހަމަލާ ކުށްވެރިކޮށްފައިވަނީ މިއަދު ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައެވެ.
ފޮރިން މިނިސްޓްރީގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ދިވެހިރާއްޖެއިން ކުށްވެރިކުރާކަމަށާއި ޢާއްމު ރައްޔިތުންނަށް އަމާޒުކޮށް، ހޮސްޕިޓާތަކާއި ޢާއްމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ ޢުމްރާނީ ވަޞީލަތްތަކަށް ޙަމަލާދިނުމަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
"ފަލަސްޠީނުގެ ކުށެއް ނެތް ޢާއްމު ރައްޔިތުންނާ ދެކޮޅަށް އެއްވެސް ރަޙުމެއް ނެތި ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލި ގޮވާލުން ތަކުރާރުކުރަން، އަދި ޣައްޒާއަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް އަވަސްކުރުމަށް ވެސް ދިވެހިރާއްޖެއިން ގޮވާލަން" ފޮރިން މިނިސްޓްރީގެ އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ރޭގައި އިޒްރޭލުން ދިން އެ ހަމަލާގައި 500 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މި ހަމަލާއާއެކު ހަނގުރާމައިގެ މަސްރަހު އެކުގައި ބަދަލު އަރަބި މުސްލިމު ގައުމުތަކުގައި އެކުގައި އިޒްރޭލާއި ދެކޮޅަށް ތެދުވެފައިވާއިރު އެ ގައުމުތަކުގެ ރައްޔިތުން އަންނަނީ އިޒްރޭލާއި އެމެރިކާއާއި ދެކޮޅަށް އެ ގައުމުތަކުގައި މުޒާހަރާ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް