ސިއްހީ ހިދުމަތްތެރިންނާއި ހޮސްޕިޓަލުތައް ބައިނަލްއަގްވާމީ ގާނޫނުތަކުން ރައްކާތެރިކޮށްދޭ : އދ ގެ ސެކްރެޓަރީ ޖެނެރަލް

ސިއްހީ ހިދުމަތްތެރިންނާއި ހޮސްޕިޓަލުތަކަކީ ބައިނަލްއަގްވާމީ ހިއުމެނިޓޭރިއަން ގާނޫނުތަކުން ރައްކާތެރިކޮށްދޭ ކަމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެއެވެ. ގުޓަރޭސް މިހެން ވިދާ...

18 Oct 2023 | 04:11

ސިއްހީ ހިދުމަތްތެރިންނާއި ހޮސްޕިޓަލުތަކަކީ ބައިނަލްއަގްވާމީ ހިއުމެނިޓޭރިއަން ގާނޫނުތަކުން ރައްކާތެރިކޮށްދޭ ކަމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެއެވެ.

ގުޓަރޭސް މިހެން ވިދާޅުވީ ރޭގައި އިޒްރޭލުން ގާޒާގެ އަލް-އަހްލީ ހޮސްޕިޓަލަށް ދިން ރޮކެޓު ހަމަލާއާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އޭނާ ވިދާޅުވެފައިވަނީ އެ ހަމަލާއާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާކަމަށާއި އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އިޒްރޭލުން ދިން އެ ހަމަލާއާއެކު މަސްރަހު އެކުގައި ވަނީ ބަދަލުވާން ފަށާފައެވެ. މެދުއިރުމަތީ މުސްލިމު ގައުމުތަކުގައްޔާރު އެފްރިކާގެ ބައެއް ގައުމުތަކުގައި ރައްޔިތުން އަންނަނީ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންނެވެ. އަރަބި މުސްލިމު ގައުމުތަކުގެ ވެރިން މިކަމުގައި އެއްގަލަކަށް އަރައި ބައިޑަން އާއި ބައްދަލުކުރަން ކުރިން ނިންމާފައި އޮތް ނިންމުންވެސް ބާތިލުކޮށްފައިވެއެވެ.

ރޭގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 500 އިން މަތީގައި އުޅޭއިރު އަދިވެސް އެ ހޮސްޕިޓަލުގެ އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައި ތިބި ކަމަށް ގާޒާ ހެލްތުން ބުނެއެވެ.

މި ހަމަލާގެ ޒިންމާ އިޒްރޭލުން ނުނަގައެވެ. ބަދަލުގައި މަސައްކަތް ކުރީ އެއީ ގާޒާގެ ތެރެއިން ދިން ހަމަލާއެއްކަމަށް ދެއްކުމަށެވެ. އެ ބީދައިން އެކަން ސާބިތު ކުރުމަށް އިޒްރޭލުގެ ރަސްމީ އެކައުންޓްތަކުން ވީޑިއޯއެއްވެސް އާންމު ކުރިއެވެ. އެހެން ނަމަވެސް އެ ވީޑިއޯ މިހާރު ވަނީ އެ ގައުމުގެ ރަސްމީ އެކައުންޓްތަކުން ޑިލީޓްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް