ޖޯ ބައިޑަން އިޒްރޭލަށް ދަތުރުފެށިއިރު އަރަބި ގައުމުތަކުން ބައިޑަން އާ ބައްދަލުކުރަން ދެކޮޅު ހަދައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޒްރޭލަށް ދަތުރު ފަށައިފިއެވެ. މި ދަތުރު ފަށާފައިވާއިރު އުރުދުން، ފަލަސްތީނު އަދި މިސްރުގެ ވެރިން މިވަނީ ބައިޑަން އާއި ބައްދަލުނުކުރައްވަން ނިންމަވާފައެވެ. އުރުދުން ސަމި...

17 Oct 2023 | 22:33

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޒްރޭލަށް ދަތުރު ފަށައިފިއެވެ.

މި ދަތުރު ފަށާފައިވާއިރު އުރުދުން، ފަލަސްތީނު އަދި މިސްރުގެ ވެރިން މިވަނީ ބައިޑަން އާއި ބައްދަލުނުކުރައްވަން ނިންމަވާފައެވެ.

އުރުދުން ސަމިޓުގެ ގޮތުގައި ބައިޑަން އާއި އެ ވެރިން ކުރިން ބައްދަލުކުރައްވަން އޮތް ނަމަވެސް ގާޒާގެ ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާއާއި ގުޅިގެން އެ ގައުމުތަކުން މިވަނީ އެ ސަމިޓަށް ނޫނެކޭ ބުނެފައެވެ.

އެހެންކަމުން ބައިޑަން ހަމައެކަނި ދާނީ އިޒްރޭލަށް ކަމަށް އިޒްރޭލުންވެސް ބުނެފައިވެއެވެ.

ގާޒާގެ އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ހަމަލާދީ 500 އަށްވުރެ ގިނަ މީހުން މަރާލުމާއި ހަމައިން ހަނގުރާމައިގެ މަސްރަހު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

އެ ހަމަލާ ދިނީ އިޒްރޭލުން ނޫންކަމަށް އެމީހުން ބުނި ނަމަވެސް މެދުއިރުމަތީގެ މުސްލިމު ގައުމުތަކުން މިވަނީ އިޒްރޭލާއި ދެކޮޅަށް މިރެއިން މިރެއަށް އަޑު އުފުލަން ފަށާފައެވެ. އަދި މެދުއިރުމަތީގެ ގައުމުތަކުގައި މުސްލިމުން މިވަގުތު އަންނަނީ މަގުތައް މަތީގައި، ވަކިން ހާއްސަކޮށް އެގައުމުތަކުގައި ހުންނަ އިޒްރޭލާއި އެމެރިކާ އެމްބަސީތައް ކުރިމަތީގައި އެއްވެ މުޒާހަރާ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް