ހޮސްޕިޓަލަށް ހަމަލާދިނީ ގާޒާގައި ތިބި ޓެރަރިސްޓުންކަން ދުނިޔެ ގަބޫލުކުރަންޖެހޭ: ނަތަންޔާހޫ

ގާޒާގެ އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް ރޮކެޓް ހަމަލާ ދިނީ ގާޒާގެ އެތެރޭގައި ތިބި ޓެރަރިސްޓުންކަން މުޅި ދުނިޔެ ގަބޫލުކުރަންޖެހޭކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. ނަތަންޔާހޫ ...

17 Oct 2023 | 21:07

ގާޒާގެ އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް ރޮކެޓް ހަމަލާ ދިނީ ގާޒާގެ އެތެރޭގައި ތިބި ޓެރަރިސްޓުންކަން މުޅި ދުނިޔެ ގަބޫލުކުރަންޖެހޭކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ މިހެން ބުނެފައިވަނީ ދެންމެ ކުރި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އޭނާ ބުނެފައިވަނީ އެ ހަމަލާ ދިނީ އިޒްރޭލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ނޫން ކަމަށާއި އެއީ ގާޒާގެ އެތެރެއިން ދިން ހަމަލާއެއް ކަމަށެވެ.

ނަތަންޔާހޫ މިހެން ބުނެފައިވާއިރު އިޒްރޭލުން އަންނަނީ މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ގާޒާއަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް