އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގެ ތެރެއަށް ވަންނަން މަޖުބޫރުވަމުން އަންނަ ކަމުގައިބުނެ އުރުދުންގެ ރަސްގެފާނު، ކިންގް އަބްދުﷲ ދެވަނަ އިންޒާރު ދެއްވައިފިއެވެ.
އުރުދުންގެ ރަސްގެފާނުގެ މި އިންޒާރު އައިސްފައިމިވަނީ މިރޭ އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް ރޮކެޓު ހަމަލާތަކެއްދީ 500 އަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު އެކަމާއި ގުޅުވައެވެ.
އަބްދުﷲ ރަސްގެފާނު ވިދާޅުވެފައިވަނީ މެދުއިރުމަތީގެ މަސްރަހު ފުން ކަނޑެއްގެ ތެރެއަށްދާ މަންޒަރު މިހާރު ފެންނަން ފަށައިފިކަމަށާއި އިމެއް ނެތި މީހުން މަރަމުން އަންނައިރު އެ ގައުމު އެކަމުގެ ތެރެއަށް ވަންނަންޖެހިދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް