ގާޒާގެ އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާތަކަކީ އިޒްރޭލުން ދިން ހަމަލާތަކެއް ނޫންކަމަށް އެ ގައުމުން ބުނެފިއެވެ.
އެގޮތުން އިޒްރޭލު މިލިޓަރީ ތަރުޖަމާނު ޑެނިއެލް ހަގާރީ ދެންމެ ބުނެފައިވަނީ އެ ރޮކެޓުތަކަކީ ހައްދު ފަހަނަ އަޅާފައިވާ ޖިހާދީން އިޒްރޭލަށް ދޭން އުޅުނު ހަމަލާއެއް ފެއިލްވެ ހޮސްޕިޓަލަށް އަމާޒުވި ހަމަލާއެއް ކަމަށެވެ.
އިޒްރޭލުން މިހެން ބުނެފައިވާއިރު ސްކޫލާއި މިފަދަ ތަންތަނަށް ދޭ ހަމަލާތައް އެއީ އިޒްރޭލުން ދޭ ހަމަލާތަކެއް ނޫންކަމަށް ހަދަން މި ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލުން މަސައްކަތް ކުރާކަމަށް މުރާސިލުން ބުނެއެވެ.
މިރޭ އެ ހޮސްޕިޓަލަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 500 އިން މައްޗަށް ގޮސްފައިވާއިރު ހޮސްޕިޓަލުގެ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އެތައް ބަޔަކު އެބަތިބިކަމަށް ގާޒާގެ ހެލްތުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް