ހޮސްޕިޓަލަށް ދިން ހަމަލާގެ ޒިންމާ ނަގަންޖެހޭނީ އެމެރިކާއިން: ހަމާސް

ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިން ކަމުގައި ހަމާސް ޖަމާއަތުން ބުނެފިއެވެ. އެގޮތުން ހަމާސްގެ ލީޑަރު އިސްމާއިލް ހާނިޔޭ މިރޭ ބުނެފައިވަނީ އެ ހަމަލާއަކ...

17 Oct 2023 | 19:58

ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިން ކަމުގައި ހަމާސް ޖަމާއަތުން ބުނެފިއެވެ.

އެގޮތުން ހަމާސްގެ ލީޑަރު އިސްމާއިލް ހާނިޔޭ މިރޭ ބުނެފައިވަނީ އެ ހަމަލާއަކީ އެމެރިކާއިން އިންތިހާއަށް އިޒްރޭލަށް ވާގިވެރިވެ އިޒްރޭލުގެ ޖަރީމާތައް ފޮރުވުމުގައި އެމެރިކާއިން ކުޅޭ ރޯލުގެ ނަތީޖާ ކަމަށެވެ.

އެވަރުގެ ލާއިންސާނީ ހަމަލާއެއް ދިނުމަކީވެސް އިޒްރޭލު ބަލިވެއްޖެކަމުގެ ނިޝާނެއް ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

މި ހަމަލާއާއެކު މަސްރަހު މިރޭ މިވަނީ ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައެވެ.

މި ހަމަލާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 500 އިން މަތީގައި އުޅޭއިރު ހޮސްޕިޓަލުގެ އިމާރާތްތަކުގެ ދަށުގައިވެސް އެތައް ބަޔަކު ތާށިވެފައިވާކަމަށް ގާޒާ ހެލްތުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް