މި ހިނގާ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއަށްފަހު އިޒްރޭލުން ހުއްޓުމެއްނެތި ފަލަސްތީނުގެ ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިރެއަކީ މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ދިން ރެ އެވެ.
އެގޮތުން މި ހަމަލާ ދީފައިމިވަނީ ގާޒާގެ، ގާޒާ ސިޓީގައި ހުންނަ އަލް-އަހްލީ އަރަބް ހޮސްޕިޓަލަށެވެ. މި ހަމަލާއާއި ގުޅިގެން މަރުވި މީހުންގެ އަދަދު 500 އިން މަތީގައި އުޅޭއިރު ހަނގުރާމައިގެ މަސްރަހު މި ހަމަލާއާއެކު މިވަނީ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައެވެ.
މި ލައިވްބްލޮގަކީ ދުވަހުގެ ކިޔުންތެރިންނަށް މި ހަމަލާއާއި އަދި މި ހަމަލާއާއި ގުޅިގެން ހިނގަމުން އަންނަ ކަންކަމާއި ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ގެނެސްދޭ ލައިވް ބްލޮގެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް