އެޗްޑީސީގެ ސްމާޓް ސިޓީ ކުރިއަށްދާ ގޮތް ހުޅުމާލޭ ސްކޫލްތަކުގެ ދަރިވަރުންނަށް ދައްކާލައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް -- ސްމާޓްކޮމްއިން ސްޓަޑީ ޓުއާއެއް ބާއްވައިފި އެވެ. މި ޓުއާ ދީފައިވަނީ ހުޅުމާލޭ ސްކޫލްތަކުގެ ސާނަވީ މަރުހަލާގެ ކޮމްޕިއުޓާ ސައިންސް މ...

18 Oct 2022 | 12:56

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް -- ސްމާޓްކޮމްއިން ސްޓަޑީ ޓުއާއެއް ބާއްވައިފި އެވެ.

މި ޓުއާ ދީފައިވަނީ ހުޅުމާލޭ ސްކޫލްތަކުގެ ސާނަވީ މަރުހަލާގެ ކޮމްޕިއުޓާ ސައިންސް މާއްދާ ކިޔަވާ ދަރިވަރުންނަށެވެ. މި ޓުއާގައި ބައިވެރިވީ، ހުރަވީ ސްކޫލް، ރެހެންދި ސްކޫލް،، ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް އަދި ގާޒީ ސްކޫލް އެވެ.

އެ ސްކޫލްތަކުން 20 ދަރިވަރުން ބައިވެރިވި އެވެ.

މި ޓުއާ އަކީ ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމުގެ ގޮތުން އެކަމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފެށިތާ އެއް އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ހުޅުމާލޭގެ ކޮމިއުނިޓީތަކަށް އަމާޒުކޮށްގެން ބާއްވާ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދު ތަކުގެ ތެރޭގައި ސްމާޓްކޮމް ބްރޭންޑް އަދި ސްމާޓް ސިޓީ ޕްރޮޑަކްޓްތައް ދަރިވަރުންނަށް ތައާރަފުކޮށްދީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމާއި ކޮމްޕިއުޓާ ސައިންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ކުދިން އިތުރަށް ޝައުގުވެރި ކުރުވުން ފަދަ ކަންކަން ހިމެނެ އެވެ.

މިޓުއާގައި ސްމާޓް ސިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން ދަރިވަރުންނަށް ޕްރެޒެންޓޭޝަނެއް ދިނުމާއި، ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ގާއިމުކޮށްފައިވާ ސްމާޓް ޕޯލް އަދި ބެންޗް ދައްކާލުމާއި، އެޗްޑީސީގެ ޓެލެކޮމް ޓަވަރުތައް ދައްކާލުން ހިމެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް