މިހާރު ކުރިޔަށް ދާ އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް16" ގެ ބައިވެރިންގެ ތެރެއިން ސުމްބުލް ތައުޤީރު ހާން ދެކެ ގިނަ ބަޔަކު ފޫހިވެއްޖެ އެވެ.
ޝޯ ފެށުނު އިރު އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައި އޮތީ ސުމްބުލް އަށެވެ. އެއީ އޭނާގެ މަޝްހޫރުކަން ބޮޑުވެފައި އެއީ މި ޝޯގައި ބައިވެރިވި އެންމެ އަގުބޮޑު ބަތަލާއަށް ވާތީ އެވެ.
އެކަމަކު ސީޒަން ފެށިގެން ދެ ހަފްތާވަރު ދިޔަ އިރު އޭނާގެ ޕާފޯމަންސް ފެނި މީހުންވަނީ ވަރަށް ބޮޑަށް ފޫހިވެފައި އެވެ. މީހުން އޭނާ ދެކެ ފޫހިވީ މާ ބޮޑަށް މީހުންގެ ލޯބި އަދި ސަމާލުކަން ހޯދަން އުޅޭ ގޮތަށް އެކްޓު ކުރާތީ އެވެ.
ސުމްބުލް ދެކެ ފޫހިވާން ފެށީ އޭނާގެ ދެ އެކުރިވެރިން ކަމަށްވާ ޝާލިން ބަނޮޓާއި ޓިނާ ދުއްތާ މަކަރު ހެދުމުންވެސް އެމީހުން ވާހަކަ ދައްކާތޯ ދެރަވެ ދެރަވެފައި މަސައްކަތް ކުރާތީ އެވެ. ފާޑުކިޔާ މީހުން ބުނީ މި މައްސަލައިގަ ޝޯ ކުރިޔަށް ދާއިރު އެމީހުންނާއި ވާހަކަ ނުދެއްކުމަށް ސުމްބުލްގެ ބައްޕަވެސް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.
އެކަމަކު އޭގެ ފަހުންވެސް އޭނާ އެމީހުންނާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން އުޅެނީ މީހުންގެ ލޯބި ހޯދުމަށް ކަމަށް ބުންޏެވެ. އަދި ސަމާލުކަން ހޯދުމަށް ކުރަމުންދާ އެކަން ހުއްޓާލައި މީހުންގެ ލޯބި ލިބޭނެ ގޮތަކަށް ޝޯގައި އުޅެން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
ސުމްބުލްގެ އަމަލު ހުންނަ ގޮތަށް އަދި ޝޯގެ ހޮސްޓު ސަލްމާން ހާން އެއްޗެއް ނުބުނެ އެވެ. އެކަމަކު މާބޮޑަށް ކަމެއް ފާހަގަވެއްޖެ ނަމަ ކޮންމެ ހަފްތާއަކު އޮންނަ ސަލްމާން ބައިވެރިވާ ޝޯގައި އެކަން ފާހަގަކޮށް ހުއްޓާލުމަށް އަންގަ އެވެ.
މިދިޔަ ސީޒަންގައިވެސް ސަލްމާން ވަނީ އެ ޝޯއިން އެއްވަނަ ހޯދި ތެޖަސްވީ ޕްރަކާޝްއަށްވެސް ދެއްކެން އުޅޭކަމަށް ބުނެ އިންޒާރު ދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް