ކިނޮޅަކު ބަނދަރު ތަރައްގީ ކުރުން ބާރު ސްޕީޑުގައި ކުރިޔަށް ދަނީ

ރ. ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށް އެބަދެ އެވެ. އެ މަޝްރޫއުގެ  ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. އެ ކުންފުނިން ބުނީ އެ ރަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަ...

18 Oct 2022 | 11:10

ރ. ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށް އެބަދެ އެވެ.

އެ މަޝްރޫއުގެ  ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.

އެ ކުންފުނިން ބުނީ އެ ރަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 84 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 81 ޕަސެންޓް ވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ. އަދި 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުން ހިމެނެ އެވެ.

މީގެ އިތުރުން 1663.36 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާެ އެވެ.

މި މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް