އަނަސް މަރާލުމުގައި ބައިވެރިވި ކުއްޖާ 18 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ތޫނު އެއްޗަކުން ހަމަލާދީ2017 ވަނަ އަހަރު މުހައްމަދު އަނަސް މަރާލުމުގައި ބައިވެރިވި ކުޑަކުއްޖާ18 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ. ރ. މީދޫ އަނަސް މަރާލީ އެ އަހަރުގެ ޖުލައި މަހު ގްރޫޕަކުން ހަމަލާދ...

18 Oct 2022 | 11:05

ތޫނު އެއްޗަކުން ހަމަލާދީ2017 ވަނަ އަހަރު މުހައްމަދު އަނަސް މަރާލުމުގައި ބައިވެރިވި ކުޑަކުއްޖާ18 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.

ރ. މީދޫ އަނަސް މަރާލީ އެ އަހަރުގެ ޖުލައި މަހު ގްރޫޕަކުން ހަމަލާދީ އެވެ. މި މައްސަލައިގަ ކުއްޖާގެ އިތުރުން ހަތް މީހަކަށް ދައުވާ އުފުލާފައިވެ އެވެ.

ހައި ކޯޓުން މިއަދު ކުއްޖާގެ މައްޗަށް ހުކުމް ކުރީ18 އަހަރާއި ނުވަ މަހަށް ޖަލަށް ލާށެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް ނީއްވުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނާ ގޮތުން18 އަހަރު ނުވަނީސް ކުރާ ކުށަކަށް އެ ހުކުމް ނުކުރެވޭނެތީ އެވެ.

އަނަސް މާރާލި އިރު އެ ކުއްޖާއަށް18 އަހަރެއް ނުވެ އެވެ. އެކަމަކު މި މައްސަލައިގަ އަނަސްގެ ހުރިހާ ވާރިސުން އެދިފައިވަނީ މަރަށް މަރު ހިފަން ށެވެ.

ހައި ކޯޓުން ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި މިވަނީ ޖުވެނައިލް ކޯޓުން ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފައި ވަނިކޮށެވެ.

މި މައްސަލައިގަ އަދި ހުކުމް ކުރީ އެ ކުއްޖާއަށް އެކަންޏެވެ. ދެން ހިމެނޭ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް