ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަކީ "މުނާފިގު އިމްރާން" ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ ރޭ ހއ. ދިއްދޫގައި އިދިކޮޅު ޕީޕީއެމް/ ޕީއންސީން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ އިމްރާނަކީ އަމިއްލަ އެދުމަށް ޓަކައި ފަޅުވެރިންގެ ތެރެއަށް ފުންމާލި ބޭފުޅެއް ކަމަށެވެ. އަދުރޭ އެހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކާއި ގުޅިގެން ކުރި މުޒާހަރާގައި ޑރ. އަފްރާޝީމް އަލީ މަރާލި ކަމުގެ ހެކި ހުރި ކަމަށް ބުނެ މިނިސްޓަރު އިމްރާން ދެއްކެވި ލިޔުންތަކާއި ގުޅުވަ އެވެ.
އަދުރޭ ވިދާޅުވީ ރައްޔިތުންގެ ކުރިމަތީ އެފަދަ ވާހަކަތައް ދައްކަވައި އިމްރާން ރައީސް ޔާމީންގެ އިސްތަށިފުޅުގައި އިލްޒާމް އަޅުވާފައިވާ ކަމަށެވެ. އަދި އޭނާ ދެއްކެވި ވާހަކަތަކަކީ ތެދެއްނަމަ އެކަން ސާބިތުކޮށްދެއްވަންޖެހޭ ކަމަށާއި, ނުކޮށްދެއްވެވިއްޖެނަމަ ޖަލަށްލާންޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.
މުނާފިގެއްގެ އިތުރުން މަރުމޯލެއްގެ ގޮތުގައިވެސް އޭނާ އިމްރާން ސިފަ ކުރެއްވި އެވެ.
ޕީޕީއެމްގެ ލީޑާޝިޕުން މިހާރު ހއ. އަތޮޅަށް ކުރަމުންދާ ދަތުރުުގައި ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މި ދަތުރުފުޅުގައި ކުރީގެ ރައީސް ޔާމީންވެ ބައިވެރިވެ ވަޑައިގެންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް