ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 10،000 އަށްވުރެ ގިނަ ރުފިޔާގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފި އެވެ.
ޕޮލިސް މީޑިއާއިން ބުނީ އެ ފައިސާ ހޮވީ އާންމުންގެ މީހަކު މިމަހުގެ14 ވަނަ ދުވަހުގެ ރޭ ދަންވަރު12:04 ހާއިރު ކަމަށެވެ.
އެމީހާއަށް އެއް ނަމްބަރު ޖެޓީ ކައިރިން އެ ފައިސާ ފެނުނީ ހުދުކުލައިގެ ސިޓީ އުރައެއްގައި އޮއްވަ އެވެ.
ފުލުހުން ބުނީ އެ ފައިސާގެ ވެރި ފަރާތް އަދިވެސް ހޯދިފައި ނުވާ ކަމަށެވެ.
އެހެންވެ މި ފައިސާތަކުގެ ވެރިފަރާތުން، ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާތަކާ ހަވާލުވުމަށާ އަދި އިތުރު މައުލޫމާތު ބޭނުންނަމަ 9631696 އަށް ގުގުޅުމަށް އެދިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް