ރައީސް އޮފީސްގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަގު ނަގައިގެން ގައިދީންގެ އަދަބު ލުއިކޮށްދޭ ކަމަށް ކުރި ތުހުމަތު ރައީސް އޮފީހުން ދޮގުކޮށްފި އެވެ.
މި ތުހުމަތު ކުރެއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ. އޭނާ ރޭގައި ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ހުއްޓުވައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވާފަ އެވެ.
މިކަމަށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ދުވަސް" އަށް ވިދާޅުވީ އަލީ ޒާހިރާއި ގުޅޭގޮތުން ޓޮމް ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ.
ޓޮމް ވިދާޅުވެފައިވާ ގޮތުގައި މައާފު ކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގައި ރައީސް އޮފީހުން ނިންމާ ނިންމުންތައް ބާޒާރުގައި އަގު ނަގާ އުސޫލުން އަގު ނަގައިގެން އަލީ ޒާހިރު ދަނީ ވިއްކަމުން ކަމަށެވެ. އޭނާ ވަނީ އެކަން ބަލައި ދިނުމަށް އެދިވަޑައިގެންފަ އެވެ.
https://twitter.com/AhmedThaariq/status/1582072723957682179
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް