ސަޗިން ޓަންޑުލްކަރުގެ ދަރިފުޅު ސާރާގެ މިސްރާބު ސާފުވާން ފަށައިފި!

އިންޑިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން ސަޗިން ޓެންޑުލްކަރުގެ އަންހެން ދަރިފުޅު ސާރާ ތަންޑުލްކަަރުގެ މިސްރާބު ސާފުވާން ފަށައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ. އުމުރުން 25 އަހަރުގެ ސާރާ އަކީ ސޯޝަލް ...

18 Oct 2022 | 03:26

އިންޑިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން ސަޗިން ޓެންޑުލްކަރުގެ އަންހެން ދަރިފުޅު ސާރާ ތަންޑުލްކަަރުގެ މިސްރާބު ސާފުވާން ފަށައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ސާރާ އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި މީހެކެވެ. ފިލްމީ ފަންނާނުންނެކޭ އެއްގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއް އޭނާ ސޯޝަލް މީޑިއާ ނެޓްވޯކް އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކުރެ އެވެ.

ސާރާގެ އިންސްޓަގްރާމް ފޮޓޯތަކަށް ބަލާއިރު އޭނާ އަކީ ރަހުމަތްތެރިންނާއި އެކު ވަރަށް ގިނަ ވަގުތު ހޭދަކޮށް ގައުމުތަކަށް ދަތުރު ކުރުމަށް ލޯބިކުރާ މީހެއް ކަން އިނގެ އެވެ. އަދި އޭނާގެ ފޮޓޯތަކަށް ވަރަށް ގިނައިން އިންޑިއާގެ މީޑިއާގެ ސަމާލުކަން ލިބެ އެވެ.

އޭނާގެ ލޯބިވެރިންގެ ވާހަަތަކަކީވެސް ނޫސްތަކުން ޖާގަ ހޯދާ ވާހަކަ އެކެވެ. އެގޮތުން ސާރާ އެންމެ ފަހުން ރައްޓެހިވެގެން އުޅުނީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިޔާ ޝުބްމަން ގިލްއާއި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިންސްޓަގްރާމްގައި އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު އުޅެނީ 2.3 މިލިއަން ގައި އެވެ. އަންހެން ވަންތަ ރީތި، ސާރާ ސޯޝަލް މީޑިއާގައި ހަރަކާތްތެރިކަމުން އަބަދުވެސް މީހުން ދިޔައީ އޭނާ ފިލްމު ކުޅެން ނުކުންނާނެ ކަމަށް ބުނަމުން ކަމަށްވެ އެވެ.

https://www.instagram.com/p/CDOm4kYgBhk/

ރިޕޯޓުތައް ބުނާގޮތުގައި މި އަހަރު ކުރީކޮޅު އޭނާ ވަނީ މޮޑެލް ކުރަން ޝައުގުވެރިވާ ކަމަށް ބުނެފައި އެވެ. އެހެންވެ މީހުން ދެއްކި ވާހަކަތައް އިތުރަށް ޔަގީންވެ އެ ދުވަހަކަށް އިންތިޒާރު ކުރަމުން ދަނިކޮށް ސާރާ ވަނީ އިޝްތިހާރެއް ކުޅެފަ އެވެ.

ސެމްސަންގްގެ ފަތްޖެހޭ ފޯނުގެ އިޝްތިހާރުގައި ސާރާ ވަނީ އޭނާގެ ހުނަރުވެރިކަން ދައްކާލާފައި އެވެ. އެ އިޝްތިހާރާއި އެކު އޭނާ ފޮލޯ ކުރަމުން އަންނަ މީހުން މީހުން ދަނީ ހުނަރާއި ރީތި ސިފައެއް ލިބިފައިވާތީ ސާރާއަށް އެކަން ވާނެކަމަށް ބުނަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

https://www.instagram.com/p/CizzzugASk6/

އެކަމަކު މިހާތަނަށްވެސް ފިލްމު ކުޅުމާއި ގުޅޭގޮތުން ނުވަނަ ޝައުގުވެރިކަން ހުންނަ ކަމެއް ސާރާ ހާމަކޮށްފައެއް ނުވެ އެވެ.

އާންމުކޮށް މިފަދަ މަޝްހޫރު މީހުންގެ ދަރިންނަށް ހުނަރުވެރިކަން ލިބިފައި ނެތަސް ފިލްމު ކުޅުމުގެ ފުރުސަތު ލިބި ދާއިރާގައި ކާމިޔާބު މީހަކަށް ވެވޭ ކަމަށް ހިޔާލުފާޅު ކުރާ މީހުން ބުނެ އެވެ. އެގޮތުން މިހާރު ބޮލީވުޑަށް ނުކުމެ މަޝްހޫރުކަން ހޯދަމުން އަންނަ އަނަންޔާ ޕާންޑޭ ފަދަ ތަރިންނަށް އެފަދަ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް