ލަންކާގެ ނޫހެއްގައި އިއްޔެ ލިޔެފައިވާ ނޫހެއްގައި ބުނެފައިވަނީ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ވީޑިއޯ ސްޓޭޓެމެންޓެއް ނަގައިދިނުމަށް ދިވެހި ފުލުހުން ލަންކާގެ ފުލުހުންގެ ކިބައިން އެދުމުން އެކަމުގެ ހުއްދައަށް ލަންކާގެ މިނިސްޓްރީ އޮފް ޖަސްޓިސް އިން ލަންކާގެ ޗީފް މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވާކަމަށެވެ.
އެ ހަބަރުގައިވާގޮތުން ލަންކާގެ ޖަސްޓިސް މިނިސްޓްރީން މިގޮތަށް އެދުނީ ދިވެހި ފުލުހުންގެ އެދުމުގެ މަތިންނެވެ.
ނަމަވެސް އެ ނޫހުގައި ލިޔެފައިވާގޮތުން އެ ސަސްޕެކްޓްގެ ނަމަކީ ލަހިރު މަޑުޝަންކަރަ އެއް ނޫނެވެ. އެ ނޫހުގައިވާގޮތުން އެމީހާގެ ނަމަކީ ޔަސާސިރީ ދަނުޝްކާ ޕެރޭރާ އެވެ. ޖަސްޓިސް މިނިސްޓްރީން އެދިފައއިވަނީ އޭނާގެ ވީޑިއޯ ސްޓޭޓްމެންޓެއް ނެގުމަށް ކޮލޮމްބޯ ކްރައިމް ޑިވިސަނަށް ހުއްދަ ދިނުމަށެވެ.
އިތުރަށް ބުނެފައިވަނީ ޔަސާސިރީ ދަރުޝްކަ ޕެރޭރާގެ ފަރާތުގެ އެޓާނީން އަންގާފައިވާގޮތުގައ އޭނާ މިވަގުތު އޮތީ ޕްރައިވެޓް ހޮސްޕިޓަލެއްގައި ކަމަށާއި އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ ކަމަށެވެ. އެހެންކަމުން މި ވީޑިއޯ ސްޓޭޓްމެންޓް ނެގުމުގެ ރިކުއެސްޓް އަނެއްކާވެސް އަންނަ މަހުގެ 24ގައި ކުރެވިދާނެ ކަމަށް ކޮލޮމްބޯ ޗީފް މެޖިސްޓްރޭޓުން އޯޑަރު ކޮށްފައި ވެ އެވެ.
މިހާހިސާބުން އެތައް ސުވާލެއް އުފެދެ އެވެ. އެއީ މިއީ ކޮން ޔަސާސިރީއެއް ކަމާމެދު އުފެދޭ ސުވާލާއި ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށްބުނާ ލަހިރު ކޮބައިކަމާއިމެދު އުފެދޭ ސުވާލެވެ.
މި ސުވާލުތަކުގެ ޖަވާބަކަށް އެދުމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ "ތިކަމާ ގުޅިގެން ވަކި އެއްޗެއް ހާމަކުރެވެން ނެތް ވާހަކަ ދަންނަވާ" ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ލަހިރު އެބަހުރިތޯ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެއްވެސް ޖަވާބެއް ދެވެން ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް