ސުވާލު ކުރުމަށްފަހު ޒިޔަތު ދޫކޮށްލައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަންގެ ޑިރެކްޓަރު އަބްދުﷲ ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލު ކުރުމަށްފަހު ދޫކޮށްލައިފި އެވެ. ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ޒިޔަތު ފުލު...

18 Oct 2015 | 14:14

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަންގެ ޑިރެކްޓަރު އަބްދުﷲ ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލު ކުރުމަށްފަހު ދޫކޮށްލައިފި އެވެ.

ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކުރީ މިއަދު 3:00 ގަ އެވެ. ދޫކޮށްލާފައިވަނީ 7:00 ހާއިރު އެވެ.

ފުލުހުން ބުނެފައިވަނީ ޒިޔަތު ފުލުސް އޮފީހަށް ހާޒިރު ކުރި ނަމަވެސް އޭނާ ހައްޔަރު ނުކުރާ ކަމަށެވެ. އަދި ބަލަމުން އަންނަ މައްސަލައާއި ގުޅޭ އެއްވެސް ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ. އަދި އެމްއެމްޕީއާރުސީ އޮފީސްވެސް ވަނީ މުވައްޒަފުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް