ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ދެމީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ މައްޗަށް ކޮށްފައިވާ މި އަމުރުތަކާއި ގުޅިގެން ހޯދަމުންދަނީ ދަފްތަރު ނަންބަރު 10946، ޙުސައިން ނާޠިމް (28އ) އާއި ސ. ހިތަދޫ، ތަބިވައްގެ މުޙައްމަދު ޤިޔާޟް (34އ) ކަމަށެވެ.
ޙުސައިން ނާޠިމް ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަގުބޫލު ސަބަބެއްނެތި އާއްމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ” ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދު” ގެ ފަސް ވަނަ މާއްދާގެ (ރ) އާއި ހަވާލާދީ އެޤަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގެ ދެ ނަންބަރުގެ ދަށުން ބަންދުގައިގ ބަހައްޓައިގެން މި އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ 13:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ކަމަށް ފުލުހުން ހާމަކުރެ އެވެ.
އަދި މުޙައްމަދު ޤިޔާޟް ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ބިރުދެއްކުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ” ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދު” ގެ ފަސް ވަނަ މާއްދާގެ (ރ) އާއި ހަވާލާދީ އެޤަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގެ ދެ ނަންބަރުގެ ދަށުން ބަންދުގައިގ ބަހައްޓައިގެން މި އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ 13:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް