މުވައްޒަފުންނަށް ނުވަދެވޭ ގޮތަށް އެމްއެމްޕީއާރުސީ ބަންދުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް(އެމްއެމްޕީއާރުސީ) އޮފީހަށް އެ އޮފީހުގެ މުވައްޒަފުންނަށް ނުވަދެވޭ ގޮތަށް ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށުން އެ އޮފީސް ބަންދުކޮށްފި އެވެ. އެ އޮފީސް ބަ...

18 Oct 2015 | 05:07

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް(އެމްއެމްޕީއާރުސީ) އޮފީހަށް އެ އޮފީހުގެ މުވައްޒަފުންނަށް ނުވަދެވޭ ގޮތަށް ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށުން އެ އޮފީސް ބަންދުކޮށްފި އެވެ.

އެ އޮފީސް ބަންދުކޮށްފައިވާކަމަށް ފުލުހުން ކަށަވަރު ކޮށްދެ އެވެ. ނަމަވެސް ދެ އެ އޮފީސް ހުޅުޥާނެ އިރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ވެލާނާގޭ ހަތަރުވަނަ ފަންގޮފިލާގައި ހުންނަ އެ އޮފީސް ބަންދުކޮށްފައިވާއިރު ސިފައިންނާއި ފުލުހުން އަންނަނީ އެ އޮފީސް ބޭރުގައި ފޯރި މަނަމުންނެވެ.

އެ އޮފީސް ބަންދުކޮށްފައިވާއިރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އަދި ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ފުލުސް އޮފީހަށް މިއަދު ހާޒިރުވުމަށްވެސް ޒިޔަތަށް ވަނީ އަންގާފައެވެ. ނަމަވެސް ފުލުހުން ބަލަމުން އަންނަނީ ކޮން މައްސަލައެއްކަން އަދި ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް