އަތުހަރު މަރުވީ ދަންޖެހިގެން ކަމަށް ރިޕޯޓުތަކުން ކަށަވަރުކޮށްދީފި: ފުލުހުން

މާލޭގައި އަންހެނަކު ރަހީނުކޮށްގެން ފުލުހުންގެ ބެލުމުގައި ދަށުގައި ވަނިކޮށް މަރުވި އަތުހަރު މަރުވީ ދަންޖެހިގެން ކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ފުލ...

18 Sep 2024 | 14:04

މާލޭގައި އަންހެނަކު ރަހީނުކޮށްގެން ފުލުހުންގެ ބެލުމުގައި ދަށުގައި ވަނިކޮށް މަރުވި އަތުހަރު މަރުވީ ދަންޖެހިގެން ކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް ސުޕްރިޑެއްޓުް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އަތުހަރުގެ އޮޓޮޕްސީ ނަތީޖާ ލިބިފައިވާކަމަށެވެ.

އެ ރިޕޯޓުގައިވާ ގޮތުގައި އަތުހަރު މަރުވާން ދިމާވި ސަބަބަކީ ދަން ޖެހުން ކަމަށް ވާކަމަށް ޝިފާއު ވިދާޅުވެފައިވެއެވެ.

މާބޮޑު ތަފްސީލަކަށް ނުގޮސް ޝިފާއު ވިދާޅުވީ އެ މައްސަލަ ދަނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންއާއި އެޗްއާރުސީއެމްއިން ތަހުގީގުކުރަމުން ކަމަށެވެ. އެހެން ކަމުން އަތުހަރުގެ މަރުގެ މައުލޫމާތު ސާފުކުރުން ރަގަނޅީ އެ ފަރާތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް