"ލައިފް" ފެން ފުުޅިއެއްގައި "ދިރޭ އެއްޗެއް" ފާޑު ޖަހާ އެއްޗެއް ފެނިއްޖެ ކަމަށް މީހަކު ތުހުމަތުކޮށްފިއެވެ.
ސޯސަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން އެ ފުޅި ތެރޭގައި ކޮންމެވެސް ގޮތް ނޭނގޭ އެއްޗެއް އޮތް މަންޒަރު ފެނެެއެވެ. އަދި ފުޅި ހުރީ ނުކަނޑާ ކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ ބޮޑު އާބާދީއެއް ރައްކާތެރި ފެނެއްގެ ގޮތުގައި ބޯން ބޭނުން ކުރަނީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނެވެ. އެގޮތުން ލައިފް ބްރޭންޑް ފެނަކީ ރާއްޖޭގައި އެންމެ އާއްމުކޮށް ބޭނުން ކުރެވޭ ފެނެވެ.
ސޯސަލް މީޑިއާގައި ދައުރު ކުރަމުންދާ އެ ވީޑިއޯގައި ބުނަނީ، އެއީ ކެފޭ އަކުން ދިން ފެންފުޅިއަކު އޮތް އެއްޗެއް ކަމަށެވެެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް