ދީނީ އިލްމުވެރިޔާ އަލީ ޒައިދަށް ހަނދާން ނެތިގެން ހެލްމެޓު ނާޅާ ބްރިޖަށް އެރިއްޖެ ކަމަށް ވިދާޅުވެއްޖެއެެވެ.
ޒައިދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ޒައިދު ވިދާޅުވީ، ހެލްމެޓު އަޅަން ހަނދާންވީ ވަކި ހިސާބަކަށް ދިޔަ ފަހުން ކަމަށެވެ. އަދި ހެލްމެޓު އޮތީވެސް މަޑި ދަށުގައި ކަން ޒައިދު ފާހަގަ ކުރެއްވިއެވެ.
އަދި މިއީ ހަޔާތުގައި ވެސް އަލަށް ވީ ކަމެއް ކަން ވެސް ފާހަގަ ކުރެއްވިއެވެ.
ހައިވޭ އަދި ބްރިޖްގައި ހެލްމެޓު އެޅުމަކީ ގާނޫނީ ގޮތުން މަގުމަތީގެ ރައްކާތެރިކަމަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އެގޮތުން ބްރިޖްގައި ހެލްމެޓު ނާޅާ ދުއްވާ މީހުންނަށް ފުލުހުން އަބަދުވެސް ފިޔަވަޅު އަޅައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް