ރޭ މަރުވެފައި އޮއްވާ ފެނުނު ފަރާތަކީ މަސްތުުވާތަކެތީގެ ރިކޯޑު އޮންނަ ފަރާތެއް- އެޕާޓުމެންޓުގައި އުޅުނީ އޭނާ އެކަނި: ފުލުހުން

ރޭ ނަލަހިޔާ މަންޒިލްގައި57 އަަހަރުގެ މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އަހުމަދު ފަޔާޒު/މާލެ (57އ) ކަމަށެވ...

18 Sep 2024 | 11:21

ރޭ ނަލަހިޔާ މަންޒިލްގައި57 އަަހަރުގެ މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އަހުމަދު ފަޔާޒު/މާލެ (57އ) ކަމަށެވެ.

އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅޭ އެޕާޓުމެންޓު، ނަލަހިޔާ މަންޒިލްގެ ތިނަް ވަނަ ފަންގިފިލާއިންނެވެ.

އަދި އޭނާ މަރުވެފައި އޮއްވާ ފެނިގެން މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އޭނާގެ އާއިލާއިން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އޭނާއަކީ އެކަނި ވަކިން ދިރިއުޅުމެއްގައި ދިރިއުޅޭ ފަރާތެއް ކަމަށްވެސް ފުލުހުން ފާހަގަ ކުރެއްވިއެވެ. އަދި އޭނާގެ މަންމަ ވެސް ދިރިއުޅެނީ އެ ގޭގެ އެހެން ފްލޯއެއްގައިކަން ފާހަގަކޮށް ފުލުހުން ވިދާޅުވީ، ފަޔާޒް އާމުކޮށް ކައި ހަދަނީ އެ އެޕާޓްމަންޓުން ކަމަށެވެ.

އަދި އެންމެ ފަހުން އޭނާ ކާން ގޮސްފައިވަނީ އޭނާގެ ދަރިފުޅު ދިރިއުޅޭ ގެއަށް މި މަހުގެ15 ވަނަ ދުވަހުގައި ކަމަށް ފުލުހުްނ ފާހަގަކުރިއެވެ. އެއީ ވެސް ހަމަ އެ ގޭގައި އިތުރު ފްލޯއެއްގައި ދިރިއުޅޭ ބައެއް ކަމަށް ފުލުހުން ފާހަގަކުރިއއެވެ.

ކާން ނުދާތާ ދެ ދުވަސް ވުމުން އާއިލާއިން ފަޔާޒް ދިރިއުޅޭ އެޕާޓުމަންޓުގެ ތަޅު ހަލާކުކޮށްލައިގެން ވަނީ ދޮރުހުޅުވާފައެވެ. އަދި ދޮރުހުޅުވި އިރު، ފަޔާޒް ނިޔާވެފައި އޮއްވާ އާއިލާއަށް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފަޔާޒު މި މަހު16 ވަނަ ދުވަހުގެ2:54 ގައި އޭނާ ދިރިއުޅޭ އެޕާޓުމަންޓަށް އެކަނި ވަންނަނިކޮށް އެ ބިލްޑިންގގައި ހުރި ސީސީޓީވީ ފުޓޭޖުން ފެންނަން ހުރި ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އިތުރަށް ބަލަން ޖެހޭ ފުޓޭޖުތައް ބެލުމުގެ މަސައްކަތް ކުރަމުން ދާ ކަން ފުލުހުން ފާހަގަކުރެއްވިއެވެ.

ނިޔާވެފައިވާ ފަރާތަކީ މަސްތުވާ ތަކެތީގެ ރިކޯޑު އޮތް ފަރާތެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް