ފަހަކަށް އައިސް ޑރ ޝަހީމް އަދި ޑރ އިޔާޒް ވަރަށް ގިނައިން ބަހުގެ ހަމަލާ އެކަކު އަނެކަކަށް ފޮނުއްވައެވެ.
މިފަހަރު ބަހުގެ ހަމަލާ ފޮނުވާފައި މިވަނީ، މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ޝަހީމް ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.
ޑރ އިޔާޒްގެ އަނބިކަނބަލުން ޝަދިޔާ ހައްޔަރުން ދޫކޮށްލުމަށް ފަހު އަދަދު ނޫހަށް ޝާދިޔާ ދެއްވި އިންޓަވިއުއެއްގައި ޝާދިޔާ ވަރިކުރުމަށް ސަރުކާރުން ޑރ އިޔާޒްއަށް އެންގި ކަމަށް ބުނެފައި ވެއެވެ. އެކަމާއި ގުޅިގެން އިޔާޒްވެސް ވަނީ އެއީ ހިނގި ކަމެއް ކަމަށް ބުނެފައެވެ. މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅިގެން ނޫސްވެރިއަކު ޑރ ޝަހީމަށް ސުވާލު ކުރެއްވުމުން ޝަހީމް ވިދާޅުވީ ޑރ އިޔާޒްގެ އަނބިކަނބަލުން ވަރިކުރުމަށް ބުނެފައި ނުވާނެ ކަމަށެވެ. މިކަމަށް ރައްދުދެއްވައި މިއަދު ޑރ އިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ ޝަހީމް އިޔާޒްގެ އަނބިކަނބަލުން ވަރިކުރުމަށް އެންގީ މުހައްމަދު ޝިފާން ލައްވާ ކަމަށެވެ. އަދި އިޔާޒްގެ އަންހެނުން ބަސްގަބޫލު ނުކޮށް އިޔާޒް މީހުން ގާތު ވާހަކަދައްކާ ކަމަށް ބުނެ ވެސް ޑރ ޝަހީމް ހެއްދެވީ ރޯ ބުހުތާނު ދޮގު ކަމަށް ވެސް ޑރ އިޔާޒް އެ ޕޯސްޓުގައި ވިދާޅުވިއެވެ.
އިޔާޒްގެ އަނބިކަނބަލުންނަކީ ވަފާތެރި އަނބެއް ކަމަށް ބުނެ ޑރ އިޔާޒް ވަނީ ޑރ ޝަހީމްއަށް ބޮޑު ތުހުމަތެއް ކުރައްވާފަައެވެ.
"ރިވެތި އަހުލާގުގެ ވާހަކަ ދައްކަވާ އިރު ހިލޭ އަންހެން ކުއްޖެއް އަތުގައި ހިއްޕަވައިގެން މީހެއްގެ ފްލެޓެއްތެރެއަށް ވަދެ ބޮނަކުއާ ބޯން އޮންނެވީ ދުރޫސުލް އަޙްލާގުގެ ކިތައްވަނަ ފިލާވަޅުގެ ދަށުންތޯ އަމިއްލަ ނަފްސަށް ސުވާލުކޮށްލެއްވުން ރަގަނޅު" އިޔާޒް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް