ދީނީ އިލްމުވެރިޔާ ޑރ އިޔާޒްގެ އަންހެނުން ވަރިކުރުމަށް ސަރުކާރުން ޕްރެޝާ ކުރި ކަމަށް ބުނާ ވާހަކައާއި ގުޅިގެން ޝަހީމް ރައްދު ދެއްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން ނޫސްވެރިޔަކު އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ ޝަހީމްއާއި ސުވާލު ކުރެއްވުމުން ޝަހީމް ވިދާޅުވީ، ޑރ އިޔާޒްގެ އަންހެނުން ވަރިކުރުމަށް ޑރ ޝަހީމް ވިދާޅުނުވާ ކަމަށެވެ. އަދި ޑރ އިޔާޒްއާއި ނުގުޅުއްވާތާ ވަރަށް ދުވަސް ވެއްޖެކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، އަނބިކަނބަލުން ކޮންޓްރޯލް ނުކުރެވޭ ވާހަކައާއި ޑރ އިޔާޒްގެ ބަސް ނާހާ ކަމަށް މީސް މީހުންގެ ކައިރީގައި ދައްކަނީ ޑރ އިޔާޒް ކަމަށެވެ.
"އެހެންވެއްޖާ މީހަކު ބުނެދާނެ ދޯ ޑރ އިޔާޒަކީ ނުލާހިކު މާތް ބޭފުޅެއް. އެކަހަލަ ބަސްނާހާ ކުއްޖަކާ އެކީ އުޅޭކަށް ނުވާނެޔ. އޭގެ މާނައަކީ ސަރުކާރުގެ ފަރާތުން އޭނައަށް އެންގީކީއެއް ނޫންދޯ އޭނަ އަންހެނުން ވަރިކުރަންްްްްްްޭ" ޑރ ޝަހީމް ވިދާޅުވިއެވެ.
ނޫސްވެރިޔާ ތަކުރާރުކޮށް ޑރ އިޔާޒް އެކުރައްވަނީ ދޮގު ތުހުމަތެއްތޯ ސުވާލު ކުރެއްވުމުން ވެސް ސީދާ ޖަވާބެއް ޑރ ޝަހީމް ދެއްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް