ސަރުކާރުންވިޔަސް ބީއެމްއެލްއަށް އޮތް އިތުބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ: ރައީސް ސޯލިހު

ސަރުކާރުން ވިޔަސް ބީއެމްއެލްއަށް އިތުބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ. ރައީސް ސޯލިހު ވިދާޅުވީ، ބޭންކު އޮފް މޯލްޑިވްސ...

18 Sep 2024 | 08:52

ސަރުކާރުން ވިޔަސް ބީއެމްއެލްއަށް އިތުބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.

ރައީސް ސޯލިހު ވިދާޅުވީ، ބޭންކު އޮފް މޯލްޑިވްސް އަކީ ވަރަށް ގިނަ އާއްމުންނާ ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއް ކަމަށެވެ. އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަން ޖެހޭ ތަނެއް ކަމަށް ވެސް ރައީސް ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

މީގެއިތުރުން އެ ޕޯސްޓުގައި ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން ވިޔަސް ބީއެމްއެލްއަށް އޮތް އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. ބީއެމްއެލްއަށް ކުރާ އިތުބާރު ގެއްލިއްޖެ ނަމަ އެއީ މުޅި މުޖުތަމަައަށް ލިބޭނެ ބޮޑު ދެރައެއް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ބީއެމްއެލްއަކީ ދިވެހިންގެ ބެންކު ކަމަށެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް