ފަރީދު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް- އެ ހާލަށް ފަސް ފިޔޮށް އުފަންވެއްޖެ !

ގެއްލިގެން ހޯދަމުން އަންނަ ހާލެއް ކަމުގައިވާ "ފަރީދު" އަދިވެސް ނުފެންނަ ކަމުގައި "ފަރީދު" ގެ އޯނަރު ބުނެފިއެވެ. ދުވަހަށް މިއަދު މައުލޫމާތުދެމުން "ފަރީދު" ގެ ވެރިފަރާތުން މިއަދު ބުނީ މިހާރު ފަރީދު ހޯދު...

18 Sep 2024 | 06:12

ގެއްލިގެން ހޯދަމުން އަންނަ ހާލެއް ކަމުގައިވާ "ފަރީދު" އަދިވެސް ނުފެންނަ ކަމުގައި "ފަރީދު" ގެ އޯނަރު ބުނެފިއެވެ.

ދުވަހަށް މިއަދު މައުލޫމާތުދެމުން "ފަރީދު" ގެ ވެރިފަރާތުން މިއަދު ބުނީ މިހާރު ފަރީދު ހޯދުމަށް ކުރެވޭ މަސައްކަތުގައި އިންޑިއާ އަދި ބަންގްލަދޭޝް ބަހުންވެސް ޕޯސްޓަރު ހަދައިގެން ބިދޭސީންނާއި އެ ޕޯސްޓަރު ހިއްސާ ކުރެވި އަދިވެސް ފަރީދު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްދާ ކަމަށެވެ.

"ފަރީދު" ނަމަކަށް ކިޔާ މި ހާލަކީ އެ އާއިލާއިން އެ ހާ ކުޑައިރުއްސުރެ އޮޅުކޮށް ގެންގުޅެ އާއިލާގެ ހިއްސާއަކަށްވެފައިވާ ހާލެކެވެ.

ވެރިފަރާތުން ބުނީ "ފަރީދު" ގެއްލުނުކަން އެނގުނީ ހޯމަ ދުވަހު ފަތިހު ހާލުގެ އަސްލު ގޮވާލާ ގޮވާލުމުން ގޮވައިނުލުމުން ކަމަށާއި ކޮންމެ ދުވަހަކުވެސް އާއިލާއަށް ހެނދުނުވަނީ "ފަރީދު"ގެ އެ ގޮވާލާ ގޮވާލުމާއިވެސް އެކުގައި ކަމަށެވެ.

"ފަރީދު އެއީ ހަމަ ޕެޓެއްގެ ގޮތުގައި ގެންގުޅޭ ރޫސްޓާއެއް، ގޭތެރޭގަވެސް އުޅޭނެ، އަހަރެމެން ދުއްވާލަންވެސް ގެންދަމު، ޓީވީވެސް ބަލާނެ މިއުޒިކްވެސް އަޑު އަހާނެ، ނަމުން ގޮވާލީމަ ކޮންމެ ތާކު ހުއްޓަސް އަންނާނެ" ފަރީދުގެ އޯނަރު ދުވަހަށް މައުލޫމާތުދެމުން ބުންޏެވެ.

"ފަރީދު" ގެއްލިގެން ހޯދަމުން އަންނައިރު އިއްޔެ ފަރީދަށް ފަސް ފިޔޮށް އުފަންވެފައިވާކަމަށް "ފަރީދު"ގެ އޯނަރު މިއަދު ބުންޏެވެ. އޭނާ ބުނީ އެ ގޭގެ ގޯތިތެރޭގައި ގެންގުޅެނީ ތިން ކުކުޅާއި ހާލެއްގެ ގޮތުގައި "ފަރީދު" އެކަނި ކަމުން އެއީ ފަރީދުގެ ފަސް ފިޔޮށްކަމަށެވެ. އަދި އެއީ ލިބުނު ހިތްހަމަޖެހުމެއް ނަމަވެސް "ފަރީދު" ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކުރިއަށްދާކަން އޯނަރު ފާހަގަކުރިއެވެ.

"ފަރީދު" ފެނިއްޖެނަމަ 7587911 އަށް ގުޅާލަދެއްވުމަށް ވެރިފަރާތުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް