އައްޑޫ ސިޓީ މަރަދޫ ހެލްތު ސެންޓަރުގެ މުވައްޒަފަކަށް މުވައްޒަފުންތަކެއް ގަނާ ކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލަ ބޮޑުވެ ގަނާގެ ޝިކާރައަަކަށް ވީ ފަރާތުން ކަމާބެހޭ އިދާރީތަކަށް މައްސަލަ ހުށަހެޅުމުން އެމީހުން ވަނީ އެއީ "ސިންޕަތީ" ހޯދުމަށް އޭނާ ކުރިކަމެއް ކަމަށް ބުނެ އިތުރަށް އޭނާއަށް ގަނާ ކޮށްފައެވެ.
އޭނާ ހެދުން އަޅާ ގޮތާއި، އެހެނިހެން ޒާތީ ކަންކަމަށް ފާޑު ކިޔަމުން ދާ ކަމަށް ގަނާގެ ޝިކާރައަށް ވެފައިވާ ފަރާތުން އެ އިދާރާގެ ޒިންމާދާރު ވެރިޔާއަށް ފޮނުވާފައިވާ އީމެއިލް ގައި ވެއެވެ.
ގަނާ ކުރުން ނުވަތަ "ބުލީ" ކުރުމުގެ މައްސަލަތަކަކީ ސުކޫލުތަކާއި މަސައްކަތުގެ މާހައުލުގައި ވެސް ވަރަށް އާއްމުވެފައިވާ ބޮޑު ކަމެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ނަފްސާނީ ގޮތުން އެތައް ބަޔަކަށް ގެއްލުން ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް