ދެ ހަފްތާ ވަންދެން ގެއްލިގެން ހޯދި ރިޝާން އާއިލާއަށް ގުޅައިފި

ދެ ހަފްތާ ވަންދެން ގެއްލިގެން ހޯދި، އއ. މާޅޮސް / ހުސްނޫވިލާ، ޢަލީ ރިޝާން (21އ) މިހާރު އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ. މާލޭގައި ދިރިއުޅެމުންދިޔަ މި ޒުވާނާ...

18 Sep 2023 | 12:03

ދެ ހަފްތާ ވަންދެން ގެއްލިގެން ހޯދި، އއ. މާޅޮސް / ހުސްނޫވިލާ، ޢަލީ ރިޝާން (21އ) މިހާރު އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގައި ދިރިއުޅެމުންދިޔަ މި ޒުވާނާ ގެއްލިގެން އެ ޒުވާނާ ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދުނީ އިއްޔެއެވެ.

އެގޮތުން ފުލުހުން ރޭ ބުނެފައި ވަނީ، ރިޝާން އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ 15 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

“އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް ދެހަފުތާ ކުރިންކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވޭ.” ފުލުހުން ރޭ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް