ސޯސަންމަގުގައި މާރާމާރީއެއް ހިނގައި، އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

މާލޭ ސޯސަންމަގުގައި މާރާމާރީއެއް ހިނގައި، އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ. "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ، ސޯސަން މަގުގައި މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު މިއަ...

18 Sep 2023 | 11:51

މާލޭ ސޯސަންމަގުގައި މާރާމާރީއެއް ހިނގައި، އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ، ސޯސަން މަގުގައި މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު މިއަދު3:30 ހާއިރު ލިބުނު ކަމަށެވެ.

މި މާރާމާރީގައި މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

"މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން" ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް