ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަހްމަދަށް ހުޅުމާލެ، ފޭޒް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުން ހުރަސް އެޅި އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުށްވެރިކޮށްފިއެވެ.
އެގޮތުން އެޗްއާރްސީއެމްއިން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަޙްމަދު އިއްޔެގެ ވަގުތެއްގައި ކެމްޕެއިން ހަރަކާތެއްގައި ހުޅުމާލެ ފޭޒް 2 ސަރަޙައްދުގެ ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސް އެޅި އެޅުން އެ ކޮމިޝަނުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި އިންތިޚާބުގައި ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއް ކަމަށެވެ.
"ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށާއި ކެމްޕެއިން ހަރަކާތްތަކަށް އިޙްތިރާމްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއަކަށްވީ ހިނދު، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެކަކު އަނެކާގެ ހައްޤުތަކަށް އިޚްތިރާމްކޮށް ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިން މަސައްކަތް ކުރުމަށް ގޮވާލަން." އެޗްއާރްސީއެމްއިން ބުނެފައިވެއެވެ .
އެ ކޮމިޝަނުން އިތުރަށް ބުނެފައިވަނީ ކެންޑިޑޭޓުންނާ ބައްދަލުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއް ކަމަށާއި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޚިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާ، ނަފްސަށް ގެއްލުންވާ ފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ގޮވާލާކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުންނާއި، ސިޔާސީ އިސް ފަރާތްތަކުން މިފަދަ އަމަލުތަކަށް ހިތްވަރުނުދެއްވުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް