އަދީބުގެ ޕާޓީން ރައީސް ސޯލިހާ ބައްދަލުކޮށްފި

ކުރީގެ ނައިބުރައީސް، އަހްމަދު އަދީބުގެ ޕާޓީ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް" (އެމްޓީޑީ) އިން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށްފިއެވެ. އެކަން ހާމަކޮށް އެ ޕާޓީ...

18 Sep 2023 | 09:55

ކުރީގެ ނައިބުރައީސް، އަހްމަދު އަދީބުގެ ޕާޓީ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް" (އެމްޓީޑީ) އިން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށްފިއެވެ.

އެކަން ހާމަކޮށް އެ ޕާޓީން މިއަދު ބުނެފައިވަނީ އެ ބައްދަލުވުމަކީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް ކަމަށެވެ.

https://twitter.com/MTDSecretariat/status/1703665962829197332

އެ ބައްދަލުވުމަށްފަހު އެމްޓީޑީން ބުނެފައިވަނީ އެ ބައްދަލުވުމުގައި ގައުމުގެ ހުރި މައްސަލަތަކާއި ސިޔާސީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އެމްޓީޑީން ރައީސް ސޯލިހާއި ބައްދަލުކޮށް މިފަދަ މަޝްވަރާތަކެއް ކުރި ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް އަދި ދެވަނަ ބުރުގައިވެސް އެ ޕާޓީން އެއްވެސް ކެނޑިޑޭޓަކަށް ތާއީދުކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް