ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަހްމަދު ނިހާން ހުސެއިން މަނިކު ތާއީދު ކުރައްވާނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކަމުގައި ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ ފޭސްބުކްގައި މީހަކު ކޮށްފައިވާ ކޮމެންޓަކަށް ދެއްވި ރައްދެއްގައެވެ.
ނިހާން ވިދާޅުވެފައިވަނީ ނިހާން އާއި ނިހާންގެ އާއިލާގެ މެންބަރުންގެ ވޯޓު ލިބޭނީ މުއިއްޒަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރުކަންވެސް ކުރިން ކުރެއްވި ނިހާން އަކީ ކުރިން ޕީޕީއެމްގެ ނައިބުރައީސްގެ މަގާމުވެސް އަދާކުރެއްވި ފަރާތެކެވެ. އެ ޕާޓީން ވަކިވެ ސިޔާސީ ކަންކަމާ ދުވަސްކޮޅަކު ދުރުގައި ހިންނެވުމަށްފަހު މި ފަހުން ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި އެ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް