ކޯރަމް ހަމަނުވެ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ފެށުން ދެވަނަ ފަހަރަށް ފަސްކޮށްފިއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވައި މަޖިލިސް ފަށަން ދެ ފަހަރެއްގެ މަތިން މަސައްކަތްކުރައްވައިފިއެވެ. އެހެން ނަމަވެސް ކޯރަމް ހަމަނުވާތީ މަޖިލިސް ދެވަނަ ފަހަރަށް މިއަދު މިވަނީ ފެށުން ފަސްކުރައްވާފައެވެ.
އެންމެ ފުރަތަމަ 09:00 ފަށަން އުޅެ، ކޯރަމް ހަމަނުވުމުން ނަޝީދު އިއުލާނު ކުރެއްވީ 09:30އަށް ބެއްލެވުމަށްފަހު ކުރިއަށްގެންދަވާނެ ކަމަށެވެ. ނަމަވެސް އެއަށްފަހު މިހާރު 10:00 އަށް ފަސްކުރައްވާފައިވާއިރު އެކަން އިއުލާނުކުރައްވަމުން ވިދާޅުވީ އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕް މެންބަރުން މަޖިލިސް ކުޑަދަށުގައި އެބަ ތިއްބެވި ކަމަށާއި އެބޭފުޅުން ތަޅުމަށް ވަދެވަޑައިނުގަންނަވަން އުޅޭ ސަބަބެއް ސާފު ނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް