ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ، ކޯރަމް ހަމަނުވާތީ ފެށުން ތިރީސް މިނެޓަށް ފަސްކޮށްފިއެވެ.
މިކަން ހާމަކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޑުކުރަމުންދަނީ ކޯރަމް ހަމަވަންދެން ކަމަށާއި، ފެށޭނީ 22 މެންބަރުން ހަމަވުމުން ކަމަށެވެ.
"މިވަގުތު އެ އަދަދަކަށް ނެތް، އުންމީދުކުރަން، ހައުސް މެޖޯރިޓީ ލީޑަރު ހާއްސަގޮތެއްގައި މިކަމަށް މަސައްކަތް ކޮށްދެއްވާނެކަމަށް، އެއީ 56 ގޮނޑިއާއެކު ތަމްސީލުވާ ބޮޑު ޕާޓީ، އެ ބޭފުޅުންގެ ތެރެއިން ވަރަށް މަދު ބޭފުޅަކު ވަޑައިގެންނެވީ" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެއަށްފަހު އިރުކޮޅަކު މަޑުކޮށްލެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ 09:30ގައި އަލުން ފެށުމަށް ފަސްކުރާކަމަށާއި އުންމީދަކީ ޖަލްސާ ބޭއްވޭގޮތް ވުން ކަމަށެވެ. ކުރަން ހުރި މަސައްކަތްތައް އެބަހުރި ކަމަށެވެ. އަދި ޖަލްސާ ކުރިއަށްގެންދިއުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް