އަންހެނަކު ފަހާ ދުވާ ހިސާބަށް ދާނީ ވަރަށް ބޮޑަށް އިދިކޮޅު ބަލިވީމަ: ރީކޯ މޫސަ

އަންހެނަކު ފަހާ ދުވާ ހިސާބަށް ކަންކަން ދާނީ އިދިކޮޅު ވަރަށް ބޮޑަށް ބަލިވީމާކަމުގައި މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ. މޫސަ އެ އިޝާރާތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑ...

18 Sep 2023 | 03:35

އަންހެނަކު ފަހާ ދުވާ ހިސާބަށް ކަންކަން ދާނީ އިދިކޮޅު ވަރަށް ބޮޑަށް ބަލިވީމާކަމުގައި މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ އެ އިޝާރާތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަހްމަދު ހިޔާ ސަރަހައްދަށް ވަޑައިގެންނެވުމުން ކުރިމަތިވި ކަންކަމަށެވެ.

ފަޒްނާ ހިޔާ ފްލެޓް ސަރަހައްދަށް، ކެމްޕޭނު ކުރައްވަން ވަޑައިގެންނެވުމުން އިދިކޮޅު ސަޕޯޓަރުން ނިކުމެ އަޑުގަދަކޮށް، ބާޣީއަށް ގޮވައި ފުރައްސާރަކޮށްފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މިކަމަށް އިޝާރާތް ކުރައްވާ މޫސަ ވިދާޅުވީ ފެނިގެން އެ ދިޔައީ އިންތިހާބުގެ ދެވަނަ ބުރު މާ ބޮޑުތަނުންވެސް ރައީސް ސޯލިހަށް ކާމިޔާބުވަމުންދާކަމުގެ ހެކި ކަމަށެވެ. އަދި އެހިސާބަށް ދާނީ ފަޒްނާ ވަޑައިގަތީމާ ވޯތު އިތުރުވާނެކަން ޔަގީންވާތީ ކަމުގައިވެސް މޫސަ ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް