ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ވަނީ، މިއަދު މެންދުރު 1:00 ގެ ނިޔަލަށް ކ. އަތޮޅުން ފެށިގެން ފ. އަތޮޅުގެ ނިޔަލަށް ހުދު ސަމާލު ނެރެފައެވެ.
މެޓުން ލަފާ ކޮށްފައި ވާ ގޮތުގައި މިއަދު މެދުރާއްޖެ ތެރެއަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު40 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
https://twitter.com/MetMaldives/status/1703606129824027077
އުތުރާއި މެދުރާއްޖެއަށް މޫސުން ގޯސްކަމުގައި މެޓުން ވަނީ ރޭވެސް ލަފާކޮށްފައެވެ.
މެޓުން ރޭ ނެރެފައިވާ މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ރޭ 06:00 އިން ފެށިގެން މިއަދު ހެނދުނު 06:00 އާއި ދެމެދުގެ ވަގުތުގައި އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
“ދެކުނުގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރުން އެކަށީގެންވޭ” މެޓުން ބުނެފައިވެއެވެ.
މެޓުން އިތުރަށް ބުނެފައިވަނީ ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
ކަނޑުތަކަށް ބަލައިލާއިރު އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވެއެވެ. ދެކުނާއި މެދުރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް