ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް، ރައީސް ސޯލިހްގެ ގާބިލުކަން ބުނެދެއްވައިފިއެވެ.
އެގޮތުން ފަތިހު 05:30 އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެންމެ މަތީ ވެރިޔާ އަކީ ރައްޔިތުންގެ ޚާދިމެއް ކަމަށާއި އެހެންކަމަށްވަނީނަމަ އެބޭފުޅަކީ ރައްޔިތުންގެ އިޙްސާސްތައް އަޑުއަހާ ވަޒަންކުރުމުގެ ޤާބިލުކަން ހުރި ބޭފުޅަކަށްވާންޖެހޭ ކަމަށެވެ. ހިތްހަމަނުޖެހޭ ބަހެއް އިވުނަސް ހިންދާލަން ދަންނަ ބޭފުޅަކަށްވާންޖެހޭ ކަމަށެވެ. އަދި ވަކި ޕާޓީ އެއްގެ މެންބަރަކަށް ނުވަތަ ބަޔަކަށްވާތީ ތަފާތުކުރައްވާ ބޭފުޅަކަށް ވެގެން ނުވާނެ ކަމަށެވެ.
"މިސަބަބުތަކަށް ބަލާއިރު މިވަގުތު އެމަޤާމަށް އެންމެ ޤާބިލުކަމަށް ފެންނަނީ ރައީސް" އިޔާޒް ވިދާޅުވެފައިވެއެވެ.
އިޔާޒް ރައީސް ސޯލިހަށް މިއަދު ތައުރީފް ކުރައްވާފައިވާއިރު އިޔާޒް ގެންދަވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުއިއްޒަށް އެންޓި ކެމްޕޭނު ކުރެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން އިއްޔެ ފަތިހު އިޔާޒް ވިދާޅުވެފައިވަނީ ޞާހިބުމީހާ ރައްޔިތުންގެ ފައިސާ އަށް އިންތިހާ ދަރަޖައަށް ޚިޔާނާތްތެރިވެ، އަނިޔާވެރިކަން އިސްކޮށްހެދިއިރު، އެކަމާ އަޅައިނުލައި ވަޒީރެއްގެ ގޮތުގައި ހުންނެވިކަމީ މުއިއްޒުއަށް ނޫނެކޭ ބުނަންޖެހޭ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް